ގދ. ރައީސް މައުމޫންގެ ވެރިކަމުގައި 1993 އަހަރު ޑިސެމްބަރު 10 ގައި ހުޅުވި ކާޑެއްދޫ އެއާޕޯޓަކީ ރާއްޖޭގައި ފުރަތަމަ ހުޅުވި ސަރަހައްދީ 5 އެއާޕޯޓުގެ ތެރޭގައި ހިމެނޭ އެއާޕޯޓެކެވެ. އިތުރު އެއާޕޯޓުތައް ގދ. އަތޮޅުގައި އެޅިޔަސް، ކާޑެއްދޫއަކީ އަދިވެސް އަތޮޅުގެ އެންމެ ގިނަ ބަޔަކު ދަތުރުކުރާ އެއާޕޯޓެވެ. ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް އަތޮޅުގެ ރަށްރަށަށް ދަތުރުކުރަނީ ކާޑެއްދޫ މަގުންނެވެ. ހުޅުވިތާ 30 އަހަރު ފަހުން، ހުވަދު އަތޮޅުގެ ދެކުނުބުރީގެ މައި އެއާޕޯޓުން އަދިވެސް ފެންނަނީ އެންމެ ކުރީގެ ގޮތްގަނޑެެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އާ ޒަމާނީ އެއާޕޯޓުތައް އަޅަމުންދާއިރު، ކާނޑެއްދޫ އޮތީ 30 އަހަރު ފަހަތުގައި ކަމަށް އެ އަތޮޅު މީހުން ބުނެއެވެ. ވިލާ…